އަރުތަ ހޭންޑްބޯޅަ މުބާރާތް 2025 ގައި ވާދަކުރަނީ 8 ޓީމު

media cover

 ރ އަތޮޅު ކައުންސިލްގެ 3 ވަނަ އަރުތަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު މި މުބާރާތުގައި ޖުމްލަ 8 ޓީމު ބައިވެރިވެފައިވެއެވެ. އެއީ ހޯސްޓް، ހުޅުދުއްފާރުގެ އިތުރުން، ދުވާފާރު، އަނގޮޅިތީމް، ރަސްމާދޫ، މަޑުއްވަރީ، އިނގުރައިދޫ އަދި މުޅިން އަލަށް މުބާރާތުގައި ވާދަކުރާ މާކުރަތު ޓީމުގެ އިތުރުން ފާއިތުވި އަހަރުގެ ޗެމްޕިއަން ޓީމް ކިނޮޅަސްއެވެ. މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތް ހޯސްޓްކުރުމަށް ބިޑް ހުށަހެޅި ހަމައެކަނި ފަރާތް، ހުޅުދުއްފާރު ކައުންސިލާއެކު އެ މަސައްކަތުގެ އެއްބަސްވުމުގައި  ޖޫން 2 ވަނަ ދުވަހުވަނީ ސޮއިކޮށްފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ހުޅުދުއްފާރުގެ މަތާރަން މާލަމުގައެވެ. ހުޅުދުއްފާރު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު އާތިފްއެވެ. އަދި މުބާރާތް އިންތިޒާމްކުރާ ފަރާތް، ރ އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސް އަބްދުﷲ ރަޝީދެވެ. މި މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު އީދުބަންދަށްފަހު ލަސްނުކޮށް އޮނާނާނެ ވާހަކަ ހޯސްޓް ކުރާފަރާތުން މައުލޫމާތު ދެއްވައެވެ.