އެމްޑަބްލިޔުއެސްއީ އަރުތަ ހޭންޑްބޯޅަ މުބާރާތް 2025 ގެ ގުރުއަތުލުން: ފުރަތަމަ މެޗު ކިނޮޅަސް އަދި ހުޅުދުއްފާރު

އެމްޑަބްލިޔުއެސްއީ އަރުތަ ހޭންޑްބޯޅަ މުބާރާތް 2025 ގެ ގުރުއަތުލުމުގެ ރަސްމިއްޔާތު އިއްޔެ، 11 ޖޫން 2025ގައި،ހުޅުދުއްފާރުގެ މަތާރަމް މާލަމްގައި ބޭއްވިއްޖެއެވެ. މި ރަސްމިއްޔާތުގައި ކައުންސިލްގެ ގިނަ މެމްބަރުންނާއި، ހުޅުދުއްފާރުގެ ވެރިން ބައިވެރިވިއެވެ.
ގުރުއަތުލުމުގެ ނަތީޖާއިން ދައްކާގޮތުގައި މުބާރާތުގެ ފުރަތަމަ މެޗު ކުޅޭނީ ކިނޮޅަހާއި ހުޅުދުއްފާރެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 15 ޖޫން 2025 ގައެވެ. މުބާރާތުގައި ކޮންމެ ދުވަހަކު ހަވީރު 2 މެޗް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުޅުދުއްފާރު ކައުންސިލްގެ ރައީސް އަދި ރ. އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވީ މި މުބާރާތަކީ ރ އަތޮޅުގެޒުވާނުންނަށް ވަރަށް މުހިންމު ފުރުޞަތެއް ކަމަށެވެ. އަދި މުބާރާތުގެ ސަބަބުން ރ އަތޮޅުގެ ހުނަރުވެރި ކުޅިވަރު އާއިލާއަށް ނުހަނު ގިނަ ކުރިއެރުން ލިބޭނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މުބާރާތުގެ މެއިން ސްޕޮންސަރ އަކީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އެވެ.
މިއީ ރ އަތޮޅު ކައުންސިލްގެ 3 ވަނަ ހޭންޑްބޯޅަ މުބާރާތެވެ. މުބާރާތުގެ ސަބަބުން ރަށްރަށުގެ ގުޅުން ބަދަހިވެ، އިޖްތިމާޢީ ގުޅުން ވެސް ވަރުރުގަދަވާނެ ކަމަށް ބެލެވެއެވެ.