ރ. އަތޮޅުގެ ކައުންސިލްތަކަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ތަމްރީން ސީރީޒްގެ ޖެމްސް ތަމްރީން ޖޫން 15 ގައި

media cover

ރ. އަތޮޅުގެ ކައުންސިލްތަކަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ތަމްރީން ސިލްސިލާގެ ފުރަތަމަ ތަމްރީން ކަމުގައިވާ ޖެމްސް ތަމްރީން ޕްރޮގްރާމް  ޖޫން 15 ގައި ފަށާނެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ތަމްރީނުގައި ރ އަތޮޅުގެ ހުރިހާ ކައުންސިލްތަކުން ބައިވެރިވާނެއެވެ.

މީހުން ބިނާކުރުމާއި މުވައްޒަފުން ތަރައްޤީކުރުމުގެ މަޤްޞަދުގައި ކުރިޔަށްގެންދާ މި ތަމްރީން ޕްރޮގްރާމުގައި އެންސީއައިޓީގެ ފަރާތުން 3 ފެސިލިޓޭޓަރުން ހަރަކާތްތެރިވާނެއެވެ. މި ތަމްރީނުގައި ކިޔަވައިދޭނެ މައިގަނޑު ބައިތަކުގެ ތެރޭގައި ޖެމްސް ވާކްސްޕޭސް، މެއިލް ސެންޓަރ އަދި ކޭސް އެންޑް ޓާސްކް ހިމެނެއެވެ. މި ތަމްރީނުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންނަށް ޖެމްސް ސިސްޓަމް ބޭނުންކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް އެހީތެރިވެދޭނެ ކަމަށް އުންމީދުކުރެވެއެވެ.

މި ތަމްރީނަކީ ރ. އަތޮޅުގެ ކައުންސިލްތަކަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ތަމްރީން ސިލްސިލާގެ ފުރަތަމަ ތަމްރީން ކަމަށްވާތީ، ކުރިޔަށް އޮތް ތަނުގައި އިތުރު ތަމްރީން ޕްރޮގްރާމްތައް ބޭއްވުމަށް ރޭވިފައިވާނެއެވެ. މި ތަމްރީނުތަކުގެ ސަބަބުން ކައުންސިލްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވާނެ ކަމަށް ޔަޤީންކުރެވެއެވެ.

މި ތަމްރީން އޮންނާނީ ރ އުނގޫފާރުގެ އިސްލާމިކް ސެންޓަރގައެވެ.