އެއަރޕޯޓު އަޅާނެ ރަށެއް ނިންމަން ރައްޔިތުންގެ ވޯޓެއް ނަގަން ރ. އަތޮޅު ކައުންސިލުން ނިންމައިފި

ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއަރޕޯޓު އަޅާނެ ރަށެއް ނިންމުމަށް ރ. އަތޮޅުގެ ހުރިހާ ރައްޔިތުންގެ ވޯޓެއް ނަގަން އަތޮޅު ކައުންސިލުން ނިންމައިފިއެވެ.
އަތޮޅު ކައުންސިލުން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކައުންސިލްގެ ޖަލްސާގައެވެ.