އަރުތަވެރި އުތުރު މާޅޮސްމަޑުލުގެ މައުލޫމާތު ރ އަތޮޅުގެ ހުރިހާ ރަށަކަށް ފޯރުކޮށްދެވިއްޖެ

އަރުތަވެރި އުތުރު މާޅޮސްމަޑުލުގެ ނަމުގައި ރ އަތޮޅު ކައުންސިލާއި ރ އަތޮޅު ފުލުހުން ގުޅިގެން ކުރިޔަށްގެންދިޔުމަށް ރޭވިފައިވާ ކުށްމަދު އަދި އަމާން މުސްތަޤުބަލަކަށް ރ އަތޮޅު ހެދުމުގެ މަޝްރޫޢު ކުރިޔަށްގެންދާނެ ގޮތާއި ބައިތަށް ހުރިހާ ރަށެއްގެ މުވައްސަސާތައް ޝާމިލްވާގޮތަށް ކައުންސިލްތަކާއި ބައްދަލުކޮށް ފޯރުކޮށްދީ ނިންމާފައިވަނީ 02 ޖޫން 2025ގައެވެ. އަލިފުށިން ފެށި ދަތުރުތައް ނިންމާލާފައިވަނީ ދުވާފަރުގައި ބޭއްވި ބައްދަލުވުމަކުންނެވެ. މި މައުލޫމާތު ދިނުމުގެ ދަތުރުތަކަކީ ވަރަށް ކާމިޔާބު އަދި ހުރިހާ ރަށަކުންވެސް ތަރުހީބު ލިބުނު ދަތުރުތަކެކެވެ. މި ދަތުރުތަކުގައި ރ އަތޮޅުގެ ސީނިއަރ މެނޭޖްމެންޓް ޓީމުގެ އިތުރުން ރ އަތޮޅު ޕޮލިސް ކޮމާންޑަރ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ރަޝީދު އަދި ރ އަތޮޅުގެ ބައެއް ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.