މަހޯލި
ރ.އަތޮޅު ކައުންސިލްގެ މައުލޫމާތު ލިބިގަތުން
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އާއްމު ކުރާ މަޢުލޫމާތު
ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތެއް ހޯދައި ލިބިގަތުމަކީ، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 1/2014) ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އެކަމަށް އެދޭ ކޮންމެ މީހަކަށްމެ، ލިބިގެންވާ އަދި ތަންފީޒު ކުރެވޭނެ ޤާނޫނީ ޙައްޤެކެވެ. ޤާނޫނު ނަންބަރު 1/2014 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރަންޖެހޭ މަޢުލޫމާތު މިސަފްޙާގައި ހިމެނިފައިވާނެއެވެ.
ރ. އަތޮޅު ކައުންސިލްގެ ދައުރާއި ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކާއިގުޅޭ ތަފްސީލް
މަޢުލޫމާތު ހޯދުމަށްއެދި ހުށަހެޅުން.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދޭ ފޯމް މި ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މައުލޫމާތު ހޯދަން އެދޭ ފޯމް މެދުވެރިކޮށްވެސް ހައްދުންމަތީ އަތޮޅު ކައުންސިލުން މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުއްވޭނެއެވެ. އަދި މަހޯލި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްވެސް ހުށަހެޅުއްވޭނެއެވެ. މަޢުލޫމާތު ހޯދާ ލިބިގަތުމަށް އެދޭ ފޯމް
ކައުންސިލަށް ޝަކުވާއާއި ޚިޔާލު ހުށަހެޅުން.
ކައުންސިލްގެ ޚިދުމަތްތަކާއި، ކައުންސިލްގެ މުވައްޒަފުންނާއި ގުޅޭ ކަންކަމުގެ ޝަކުވާއާއި ޚިޔާލު ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ. އަދި ވިސްލް ބްލޯ ކުރަންބޭނުންވާނަމަ، ކާކުކަން ނޭނގޮތަށް އެކަން ކުރުމުގެ ފުރުޞަތުވެސްވަނީ ހުޅުވާލާފައެވެ..
އިންފޮމޭޝަން އޮފިސަރ
ޤާނޫނު ނަންބަރު 2014/01 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން، ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ފަރާތުގެ މަޢުލޫމާތު ތިރީގައިމިވަނީއެވެ.

ރައްޔިތުންނަށް އޭގެ އަސަރެއް ފޯރާ ގޮތަށް ނިންމާފައިވާ ނިންމުންތަކާއި، އެ ނިންމުންތައް ނިންމާފައިވާ ސަބަބުތަކާއި އެ ނިންމުންތަކުން ދޭހަވާ މާނަކުރުންތަކާއި، އެކަމާ ގުޅޭ ފަސްމަންޒަރު އަންގައިދޭ ތަފްސީލް
-
އިދާރީ ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން މައިސަރުކާރާއި ހިއްސާކުރުމާއި ކައުންސިލްތަކުގެ ފެންވަރުގައި ކުރެވެންހުރި ކަންކަމަށް ބޭނުންވާ ބަޖެޓް ހިމެނުމާއި ބޭނުންވާ ވަސީލަތްތައް ހޯދައި، އެކަމާއި ގުޅޭޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތްކުރުން
-
މިކައުންސިލްގެ އިދާރާއާއި ރަށުކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ކަންކަން ދަނެގަނެ، އެކަންކަމަށް ބަޖެޓް ހިމެނުމާއި ބޭނުންވާ ވަސީލަތްތައް ބޭނުންވާ މިންވަރަށް ފޯރުކޮށްދިނުމަށްޓަކައި އެކަމާ ބެހޭ ދިރާސާކޮށް ޕްލޭންކުރުމުގެ މަސައްކަތްތައް ކުރުން
-
ސެކްޝަންތަކަށް ބޭނުންވާ އިދާރީ ކަންކަމުގެ ރިކުއެސްޓް ލިބުމާއެކު އެކަމާ ގުޅޭ ސެކްޝަންތަކުން އެދިފައިވާ ހިދުމަތް ދިނުމުގެ މަސައްކަތްކުރިއަށް ގެންދިއުން
-
ހިދުމަތްތައް ފޯރުކޮށްދިނުމަށްފަހު އެކަން ފުރިހަމަވެފައިވާ މިންވަރު ބަލައި، އެކަށީގެންވާ ފިޔަވަޅުތައް އެޅުން