އަރުތަ ފުޓްސަލް މުބާރާތް 2025 ގައި ބައިވެރިވުމަށް ހުޅުވާލައިފި

media cover

1 އޯގަސްްޓް 2025 ގައި ރ. ރަސްމާދޫގައި ފެށުމަށް ހަމަޖެހިފައިވާ 4 ވަނަ  އަރުތަ ފުޓްސަލް މުބާރާތުގައި ޓީމްތައް ބައިވެރިކުރުމުގެ ފުރުސަތު  މިއަދު ހުޅުވާލައިފިއެވެ. ރ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުުގެ މެދުގައި ބާއްވާ އެންމެ ފޯރިގަދަ ކުޅިވަރު މުބާރާތްކަމަށްވާ އަރުތަ ފުޓްސަލް މުބާރާތަކީ 2022 އިން ފެށިގެން ރ އަތޮޅު ކައުންސިލުން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް 3 ފަހަރު ބާއްވާފައިވާއިރު 3 ފަހަރުވެސް ޗެމްޕިއަންކަން ހޯދާފައިވަނީ ރ ދުވާފަރު ޓީމެވެ. އަދި 3 ފަހަރު ރަނަރަޕްކަން ހޯދާފައިވަނީ ރ. އިނގުރައިދޫ ޓީމެވެ. މިއަހަރުގެ މުބާރާތަކީ ކައުންސިލްގެ 4 ވަނަ ދައުރުގެ ފަހު މުބާރާތް ކަމަށްވުމާއެކު މުބާރާތް އިތުރަށް ފޯރިގަދަވެ ވާދަވެރިކަން ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ. 

މުބާރާތުގައި ބައިވެރިވުމުގެ ފޯމުގެ ލިންކް ރަށުކައުންސިލްތަކަށްވަނީ ހިއްސާކުރެވިފައެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 10 ޖުލައި 2025 ވާ ބުރާސްފަތިދުވަހުގެ 12 ޖަހާއިރެވެ.