ރ އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން މި ދައުރުގައި ހިންގާފައިވާ ހަރަކާތްތައް: ހުޅުދުއްފާރު

media cover

ރ ހުޅުދުއްފާރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން މި ދައުރުގައި ހިންގާފައިވާ ހަރަކާތްތަކަށް ބަލާއިރު ފަތަންދަސްކޮށްދޭ ކޯހާއި، ފަހަންދަސްކޮށްދޭ ކޯސް އަދި ކައްކާ ކޯހެއް ހިމެނެއެވެ. މީގެ އިތުރުން ދަނޑުވެރިކަމާ ބެހޭ ޕްރޮގްރާމް، ދުޅަހެޔޮ ސިއްހަތާއި ގުޅޭ ޕްރޮގްރާމް (މޫންޓީއާއެކު)، ތަފާތު ކޭކް އަދި ޑެޒާޓް ކޯސް އަދި ފޮޓޯގްރަފީ ކޯހެއްވެސް ރަށުގެ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން މިދައުރުގައި ކުރިޔަށްގެންދިޔުމަށްވަނީ ރޭވިފައެވެ.