އަރުތަ ފުޓްސަލް މުބާރާތް 2025 ގައި 12 ޓީމް ބައިވެރިވެއްޖެ

ރ އަތޮޅުގެ އެންމެ ފޯރިގަދަ މުބާރާތް، އަރުތަ ފުޓްސަލްގެ 2025 ވަނަ އަހަރުގެ މުބާރާތުގައި 12 ރަށަކުން ބައިވެރިވުމަށް ރެޖިސްޓަރކޮށްފިއެވެ. މިއަދުގެ 12 އަށް ވަގުތު ހަމަވި އިރު ރަޖިސްޓްރީކޮށްފައިވަނީ:
- ދުވާފަރު
- މީދޫ
- އިނގުރައިދޫ
- އަލިފުށި
- ކިނޮޅަސް
- އުނގޫފާރު
- އިންނަމާދޫ
- ހުޅުދުއްފާރު
- މަޑުއްވަރީ
- ވާދޫ
- މާކުރަތު
- ރަސްމާދޫއެވެ.
01 އޯގަސްޓް 2025ގައި ރަސްމާދޫގައި ފެށުމަށްހަމަޖެހިފައިވާ މި މުބާރާތަކީ ރ އަތޮޅު ކައުންސިލްގެ 4 ވަަނަ ދައުރުގައި ކުޅިވަރުގެ ދާއިރާއިން އަތޮޅުގައި ހުނަރުވެރިން އުފެއްދުމުގެ މަޤްސަދުގައި ބާއްވަންފެށި މުބާރާތުގެ 4 ވަނަ މުބާރާތެވެ. މި މުބާރާތް ޖެހިޖެހިގެން 3 ފަހަރު ދުވާފަރުން ކާމިޔާބުކޮށްފައިވާ އިރު 3 އަހަރުވެސް ފައިނަލްގައި އިނގުރައިދޫ ކުޅެފައިވެއެވެ. މި އަހަރުގެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޓީމްތައް ބައިވެރިވާނެ ފަހަރުކަމުގައި ގަބޫލްކުރެވެއެވެ.