ރ އަތޮޅުގައި ދަނޑުވެރިން އުފެއްދުމުގެ ތަމްރީން 22 ޖުލައި 2025 ގައި ފެށިގެން ކުރިޔަށް

media cover

ރ އަތޮޅުގައި ދަނޑުވެރިން އުފެއްދުމުގެ ތަމްރީން 22 ޖުލައި 2025 ގައި ފެށިގެން ކުރިޔަށްއެބަދެއެވެ. ރ އަތޮޅު ކައުންސިލުގެ ރ އަތޮޅުގައި މީހުން އުފެއްދުމާއި މީހުންބިނާކުރުމުގެ ސިޔާސަތުގެ ދަށުން މި 2025 ވަނަ އަހަރު ކުރިޔަށްގެންދާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ދަނޑުވެރިކަމުގެ ދާއިރާއިން ރ އަތޮޅުގައި މީހުން ތަމްރީން ކުރުމުގެ މި ޕްރޮގްރާމްގައިރ އަތޮޅުގެ ރަށްރަށުގެ މީހުންނާއެކު ޖުމްލަ 22 މީހުން ބައިވެރިވިއެވެ. ޖުލައި 24 ގައި ނިންމުމަށް ހަމަޖެހިފައިވާ މިތަމްރީން ކުރިޔަށްދަނީ ރ އުނގޫފާރުގެ ކުލަބް ޔޫތުސްޓަރ ހޯލްގައެވެ. މި ތަމްރީންގެ ފެށުމުގެ ރަސްމިއްޔާތުގައި ރ އަތޮޅު ކައުންސިލްގެ ރައީސް ވާހަކަފުޅު ދައްކަވާ ތަމްރީންގައި ބޭނުންވި އަދަދަށް މި އަހަރު ބައިވެރިން ނުލިބުނުކަމުގެ ކަންބޮޑުވުން ފާޅުކުރެއްވެވިއެވެ.