ރ އަތޮޅުގައި ކުނި މެނޭޖްކުރުމުގެ ޕްލޭންއާއި ބެހޭ މަޝްވަރާ ބައްދަލުވުމެއްބާއްވައިފި

media cover

'ވޭސްޓް މެނޭޖްމެންޓް ޕްލޭން 2025-2028' ގެ ނަމުގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވައިރަންމެންޓްގެ ފަރާތުން ބައިވެރިވެ ރ އަތޮޅުގައި ކުނި މެނޭޖްކުރުން ޒަމާނީކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. މި ބައްދަލުވުން ބާއްވާފައިވަނީ 22 ޖުލައި 2025 ގެ 1 ޖަހާއިރު ރ އަތޮޅު ކައުންސިލް އިދާރާގެ ސެމިނަރ ރޫމްގައެވެ. ބައްދަލުވުމުގައި ކައުންސިލްގެ ރައީސް އަދި މެމްބަރުންގެ އިތުރުން ރ އަތޮޅު ކައުންސިލްގެ އިސްމުވައްޒަފުން ބައިވެރިވިއެވެ.