ނޫސްބަޔާން: 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު އަތޮޅު ކައުންސިލަށް ލިބުނު ގޮތުގެ މަޢުލޫމާތު އާންމުކުރުން

ޤާނޫނުގެ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ) 105 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ކުރިއަށް އޮތް އަހަރު (2026) ގެ މަސައްކަތު ތާވަލާއި، ބަޖެޓް ތައްޔާރުކޮށް ރަށުކައުންސިލް ތަކުން އަތޮޅުކައުންސިލަށް ހުށަހެޅުމަކީ ޤާނޫނުން ރަށުކައުންސިލްތަކަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާއެކެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި، ބަޖެޓް ސުންގަޑިހަމަވުމުގެ ކުރިން ޕޯޓަލްގައި ހުށަހަޅާފައިވާ މިއިދާރީ ދާއިރާގެ ރަށުކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައިއެވަނީއެވެ.
| ކައުންސިލް |
1 | އަލިފުށި ކައުންސިލް |
2 | ވާދޫ ކައުންސިލް |
3 | ރަސްގެތީމް ކައުންސިލް |
4 | އަނގޮޅިތީމް ކައުންސިލް |
5 | ހުޅުދުއްފާރު ކައުންސިލް |
6 | އުނގޫފާރު ކައުންސިލް |
7 | ދުވާފަރު ކައުންސިލް |
8 | މާކުރަތު ކައުންސިލް |
9 | ފައިނު ކައުންސިލް |
10 | އިންނަމާދޫ ކައުންސިލް |
11 | އިނގުރައިދޫ ކައުންސިލް |
12 | ކިނޮޅަސް ކައުންސިލް |
13 | މީދޫ ކައުންސިލް |
ދެންނެވުނު ކައުންސިލްތަކުން، އެކައުންސިލްތަކުގެ ޒިންމާ އަދާކޮށްފައިވާތީ އެކަންފާހަގަކޮށް ރ އަތޮޅު ކައުންސިލުން މަރުޙަބާ ދަންނަވަމެވެ.
13 އޮގަސްޓް 2025