ވިޔަ އަދި މާލީ ބަޔާނުގެ ތަމްރީން: 31 އޮގަސްޓް 2025 ގައި

media cover

ރ އަތޮޅު ކައުންސިލުން 2025 އަހަރުސިލްސިލާކޮށް ކުރިޔަށް ގެންދަމުންދާ މީހުންބިނާކުރުމުގެ ތަމްރީން ސީރީޒްތަކުގެ ތެރެއިން ވިޔަ މޮޑިއުލް އަދި މާލީ ބަޔާނާއި ބެހޭ ތަމްރީން މި ހިނގާ އޮގަސްޓް މަހުގެ 31 އިން 3  ސެޕްޓެމްބަރ 2025 އަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ތަމްރީނަކީ ލޯކަލް ގަވަންމެންޓް އޮތޯރިޓީ އަދި އޮޑިޓަރސް ޖެނެރަލްގެ އޮފީހާއި ގުޅިގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ތަމްރީނެކެވެ. މި ތަމްރީނުގައިވެސް ރ އަތޮޅު ކައުންސިލްގެ ކޮންމެ ކައުންސިލަކުން މަދުވެގެން 2 މުވައްޒަފުން ބައިވެރިވާނެއެވެ. މި ތަމްރީން ބޭއްވުމަށް ހަމަޖެހިފައިވަނީ ރ އުނގޫފާރު ކުލަބް ޔޫތްސްޓަރގެ ހޯލްގައެވެ.