ޑައިވިންގ ތަމްރީނުގައި ބައިވެރިވުމަށް ހުޅުވާލައިފި - ފަށަނީ ޑިސެމްބަރ 17 ގައި

media cover

ރ. އަތޮޅު ކައުންސިލްގެ ފަރާތުން، އަތޮޅުގައި މީހުން ބިނާކުރުމާއި ޒުވާނުން ބާރުވެރިކުރުމުގެ މަސައްކަތުގެ ތެރެއިން، ރ. އަތޮޅުގައި ޑައިވަރުން އުފެއްދުމުގެ ޚާއްސަ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ މި ދާއިރާއިން ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމާއި، އަތޮޅުގެ ކުރިމަގަށް ބޭނުންވާ މަސައްކަތްތެރިން ތަމްރީންކުރުމެވެ.

މި ތަމްރީން ޕްރޮގްރާމް ރާވާފައިވަނީ ރ. އަތޮޅުގެ ކޮންމެ ރަށަކުން އެއް ޑައިވަރެއް ތަމްރީންކޮށް، އެ ރަށެއްގައި ބެހެއްޓުމުގެ މަޤްސަދުގައެވެ. މިއީ އަތޮޅުގެ ރަށްރަށުގައި ޑައިވިންގގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް ކައުންސިލުން ކުރާ މުހިންމު މަސައްކަތެކެވެ. މިގޮތުން، ޑައިވިންގގެ ދާއިރާއިން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ވެސް މި ޕްރޮގްރާމް އެހީތެރިވެދޭނެއެވެ.

މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނީ ޖުމްލަ 15 ބައިވެރިންނަށެވެ. އެގޮތުން، ރ. އަތޮޅުގެ ކޮންމެ ރަށަކުން އެއް ބައިވެރިއަކަށް މި ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.ބައިވެރިވާން ބޭނުންވާ ފަރާތްތަކުން  04 ޑިސެމްބަރ 2025 ގެ ކުރިން ރަށުކައުންސިލުގައި ރެޖިސްޓަރ ކުރެއްވުން އެދެމެވެ.