އިޢުލާން ބީލަން

(IUL)229-A/1/2025/43

މި އިދާރާއަށް ދިދަ ދަނޑި އަދި ދިދަ ބުޑު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ދިދަ ދަނޑި އަދި ދިދަ ބުޑު ތައްޔާރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 09 ޖުލައި 2025 ވަނަ ދުވަހުގެ 13:30 ގެކުރިން ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު،info@rac.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ދިދަ ދަނޑި އަދި ދިދަ ބުޑު ތައްޔާރުކުރުމުގެ މަސައްކަތްކުރުން" މިހެން ލިޔެ އަދި ކުންފުނީގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

ބިޑް މަރުހަލާތައް ތާރީޚް ދުވަސް ގަޑި ތަން

މަޢުލޫމާތު ދިނުން: 10 ޖުލައި 2025 | ބުރާސްފަތި | 11:00 | އަތޮޅު ކައުންސިލްގެ ސެމިނަރ ރޫމް

ބިޑް ހުށަހެޅުން: 22 ޖުލައި 2025 | އަންގާރަ | 11:00 | އަތޮޅު ކައުންސިލްގެ ސެމިނަރ ރޫމް

 

ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

____________________________________________________

މާޅޮސްމަޑުލު އުތުރުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
މިސްކިތް މަގު, ރ. އުނގޫފާރު
ފޯން: 6580027
އީމެއިލް: info@rac.gov.mv