އިޢުލާން

(IUL)229-A/1/2025/49

ރ. އަތޮޅު ކައުންސިލް އިދާރާއަށް 100 އިންޗީގެ ޓީވީއެއް ބުރެކެޓާއިއެކު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިދާރާއަށް 100 އިންޗީގެ ޓީވީއެއް ބްރެކެޓާއިއެކު ހޯދަންބޭނުންވެއެވެ. ދެންނެވިފައިވާ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް ކުރިޔަށްގެންދިޔުމަށް ދަންނަވަމެވެ.

މުއާމަލާތް ތާރީޚް ގަޑި ތަން 
 ބިޑުގައި ރެޖިސްޓަރ ވުން 22 ސެޕްޓެމްބަރ 2025 12:00 ސެމިނަރ ރޫމް - ރ އަތޮޅު ކައުންސިލް އިދާރާ
 ޕްރޮޕޯސަލް ހުށަހެޅުން 02 އޮކްޓޯބަރ 2025 12:00 ސެމިނަރ ރޫމް - ރ އަތޮޅު ކައުންސިލް އިދާރާ

 އެއްވެސް ސަބަބަކާހުރެ ޕްރޮޕޯސަލްހުށައެޅުއްވުމަށް ވަޑައިގެންނެވެން ނެތް ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް، އަދި ކުންފުންޏަކުން ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ނުވަތަ ކޮންނަމެއްގައިވާ ވިޔަފާރިއަކުންކަން އެނގޭނެ ކުންފުނީގެ، ވިޔަފާރީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިމަސައްކަތަށް އެދި ކުރިމަތިލައްވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް އެއް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ ޕުރޮޕޯސަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރ. އަތޮޅު ކައުނސިލްއިދާރާއަށް 100 އިންޗީގެ ޓީވީއެއްފޯރުކޮށްދިނުންއެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕުރޮޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027  ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

____________________________________________________________________

މާޅޮސްމަޑުލު އުތުރުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
މިސްކިތް މަގު, ރ. އުނގޫފާރު
ފޯން: 6580027
އީމެއިލް: info@rac.gov.mv