ރިޕޯޓް ޑައުންލޯޑްސް

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ 2024 ވަނަ އަހަރުގެ މޮނީޓަރިންގ ރިޕޯޓް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ ތިންވަނަ ބާބުގެ 8 ވަނަ މާއްދާގެ (ނ) އަދި (ޒ) އިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާއެއްގޮތްވާ ގޮތުގެމަތިން އެ އިދާރީ ދާއިރާއެއް ހިންގައި، އެ ދާއިރާ ތަރައްޤީކުރުމަށް މަސައްކަތްކުރުމާއި، ރަށު ކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކުރުމާއި އެ ކައުންސިލްތައް ހިނގާނުހިނގާގޮތް ބެލުމާއި، އަދި ކައުންސިލްތަކުން މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުމަކީ އަތޮޅު ކައުންސިލްގެ މަސްޢޫލިއްޔަތެކެވެ.

މިގޮތުން، މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ މޮނިޓަރިންގ އަކީ މޮނިޓަރިންގ ފަންކްޝަންގެ އަހަރީ މޮނިޓަރިންގ ޕްލޭންގެ ދަށުން ކުރި މޮނިޓަރިންގއެކެވެ. މި މޮނިޓަރިންގ ގެ މައިގަނޑު މަޤްސަދަކީ ކައުންސިލްގެ އިދާރާ ހިނގަމުންދަނީ ކައުންސިލަށް މަތިކޮށްފައިވާ އެންމެހައި ޤާނުނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާއި އެއްގޮތަށްކަން ބެލުމާއި، ކައުންސިލުގެ އިދާރީ ހިންގުން ހިނގަނީ އެންމެ ހަރުދަނާކޮށްތޯ ބެލުމެވެ. މީގެ އިތުރުން ކައުންސިލްގެ ހިންގުން ތަރުތީބު ކުރެވިފައިވަނީ ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކައުންސިލްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި އެއްގޮތައްތޯ ކަށަވަރުކުރުމެވެ.