އައި.ޑީ ކާޑުގެ ޙިދުމަތް
އައި.ޑީ ކާޑުގެ ޚިދުމަތްތަކަށް
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން ފޯރުކޮށްދޭ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ ޚިދުމަތް ހޯދުމަށް



ފަސޭހައިން
ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ކާޑު ހެދުމުގެ ޚިދުމަތްތަކަށް އެދެވޭނެ

އެޕްލިކޭޝަންގެ މަރުހަލާ ދެނެގަނެވޭނެ
ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ހާލަތު ވަގުތުން ބަލާލެވޭނެ

ޑިޕެންޑެންޓުންނަށް ޚިދުމަތް ހޯދޭނެ
ބެލެނިވެރިކަމުގައިވާ ފަރާތްތަކަށް އައިޑީކާޑުގެ ޚިދުމަތަށް އެދެވޭނެ

އޮންލައިންކޮށް ފައިސާ ދެއްކޭނެ
ޑީ.އެން.އާރ އަށް އައުމުގެ ބަދަލުގައި އޮންލައިންކޮށް ފައިސާ ދެއްކޭނެ

ޕޯޓަލް މެދުވެރިކޮށް ކާޑު ހަދަން ހުށަހެޅުން.

އައި.ޑީ ކާޑު ހަދަން ހުށަހަޅާއިރު ކާޑުގެ ވެރިފަރާތުގެ ފޮޓޯ ނެގިތާ 1 (އެކެއް) މަސް ނުވާ ޕާސްޕޯޓް މިންގަޑަށް ފެތޭ ފޮޓޯއެއް ހުށަހަޅަންވާނެ

އަލަށް ކާޑު ހައްދަން ހުށަހަޅާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ރަށްވެހިންގެ ރަޖިސްޓްރީ، ދަފްތަރުގައި ރަޖިސްޓްރީވެފައިވާނަމަ ދަފްތަރު ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ އެމަރޖެންސީ ސެޓްފިކެޓް ހައްދާފައިވާނަމަ ޕާސްޕޯޓް ނުވަތަ އެމެޖެންސީ ސެޓްފިކެޓް، ބައްޕަ ނުވަތަ މަންމައަކީ ދިވެހި ރައްޔިތެއްނޫންނަމަ، ބައްޕަގެ ނުވަތަ މަންމަގެ ޕާސްޕޯޓް އަޕްލޯޑް ކުރަން ވާނެ

މުއްދަތު ހަމަވެގެން ކާޑު އައުކުރުމަށް ހުށަހަޅާނަމަ, ބޭނުންވާނީ ފޮޓޯއެއް އަދިކުރީގެ އައިޑީ ކާޑުގެ ކޮޕީއެއް

ކާޑު ހަލާކުވެގެން ހައްދަން ހުށަހަޅާނަމަ، ބޭނުންވާނީ ފޮޓޯއެއް އެކަނި. ކާޑު ބަލާ އަންނައިރު ހަލާކުވެފައިވާ ކާޑު ގެންނަންވާނެ

މަޢުލޫމާތު ބަދަލުވެގެން ކާޑު ހަދާނަމަ، ބަދަލުވި މަޢުލޫމާތު އެގޭނެ ރަސްމީލިޔުން (އުފަންދުވަހުގެ ސެޓްފިކެޓް، ރަށްވެހިންގެ ރަޖިސްޓްރީފަދަ) ހުށަހަޅަންވާނެ

ގެއްލިގެން ކާޑު ހަދަން ހުށަހަޅާނަމަ ބޭނުންވާނީ ފޮޓޯއެއް އެކަނި

އައި.ޑީ ކާޑު ދޫކުރާނީ ކާޑުގެ ވެރިފަރާތައްއެކަނި

އައި.ޑީ ކާޑު ހެދުމުގެ ޚިދުމަތްތައް ރައްޔިތުންނާއި ވީހާވެސް ގާތުން ފަސޭހަކަމާއެކު ފޯރުކޮށްދިނުން

ޕޯޓަލްމެދުވެރިކޮށް ކާޑު ހަދަން ހުށަހަޅާއިރު އެޕްލިކޭޝަން ފޯމު ހުށަހަޅާކަށް ނުޖެހޭނެ

ކާޑު ގެއްލިގެން ހުށަހަޅާފައިނުވާނަމަ، ކާޑު ބަލާ އަންނައިރު އެއްމެފަހުން ހެއްދި ކާޑު ގެންނަންވާނެ

ހަލާކުވެގެން ކާޑު ހަދައިދެވޭނީ ހަލާކުވެފައިވާ ކާޑުގެ ބައެއް ނަމަވެސް ފެންނަން އޮވެފައި އެއީ ކާކުގެ ކާޑެއްކަން ދެނެގަނެވޭނަމަ

މުއްދަތު ހަމަވެގެން ކާޑު އާކުރެވޭނީ، ކާޑުގެ މުއްދަތު ހަމަނުވެ ގިނަވެގެން 1 (އެކެއް) މަސްދުވަސް އޮތްނަމަ

އައި.ޑީ ކާޑު ހަދަން ހުށަހަޅަންވާނީ އުފަންދުވަހުގެ ސެޓްފިކެޓް ހެދުމަށްފަހު މީހުންދިރިއުޅޭ ރަށެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ނުވަތަ ދަފްތަރުގައި ރަޖިސްޓްރީވުމަށްފަހު

ބަނޑޭރި ޕޭ ޕޯޓަލް ލިންކް މެދުވެރިކޮށް އައި.ޑީ ކާޑަށް ފައިސާ ދެއްކޭނެ

މި ޕޯޓަލް އިން ޑިޕެންޑެންޓުންގެ ކާޑު ހަދަން ހުށަހެޅޭނެ

ފުރަތަމަ ޑިޕެންޑެންޓެއްގެ ޕްރޮފައިލެއް ޕޯޓަލްގައި ހަދަން ޖެހޭނެ

ޑިޕެންޑެންޓުގެ ޕްރޮފައިލް ވެރިފައި ވާނީ ކާޑުގެ ނަމްބަރާ ކާޑުގެ ސީރިއަލް ނަމްބަރ ދިމާވާނަމަ

ވެރިފައިކުރުމުން ޑިޕެންޑެންޓުންގެ ކާޑުހެއްދުމަށް އެދެވޭނެ

ޑިޕެންޑެންޓާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް މިޕޯޓަލްއަކުން ނުފެންނާނެ.

ކާޑުގެ ޚިދުމަތަށް ބޭނުންވާ ފައިލްތައް މި ނިޒާމުން ބަލަހައްޓައިދޭނެ. ތިމާ އަޕްލޯޑު ކުރާ ހުރިހާ ފައިލެއް ލިބެން ހުންނާނެ.

ފައިލް މެނޭޖަރ ގައި އުފަންދުވަހުގެ ސެޓިފިކެޓް، ރަށްވެހިންގެ ރަޖިސްޓްރީ ފަދަ މުހިއްމު ލިއުންތައް ރައްކާތެރިކަމާއެކު ބެހެއްޓޭނެ

އޭރުން ކޮންމެ ފަހަރަކު ލިޔެކިޔުންތައް ހުށަހަޅާކަށް ނުޖެހޭނެ

މި ލިޔެކިޔުންތައް ފެންނާނީ ލޮގްއިން ކޮށްފައިވާ ފަރާތަށް އެކަނި
ޚިދުމަތްތަކުގެ އަގުތައް
ހިލޭ
އަލަށް ކާޑު ހެދުން
150ރ
ކާޑުގެ މުއްދަތު ހަމަވުމުގެ ކުރިން ފޮޓޯ / ސޮއި ބަދަލުކުރުން
150ރ
ކާޑު އައު ކުރަން
150ރ
މައުލޫމާތު ބަދަލުވެގެން
250ރ
ކާޑު ގެއްލިގެން
އާއްމު ސުވާލުތައް
ޑީއެންއާރ ގެ އޮންލައިން ޚިދުމަތްތަކާއި ގުޅޭ އާއްމު މައުލޫމާތު
މި ޕޯޓަލް އިން ލޮގްއިން ވާ ފަރާތުން ކުރާ ރިކުއެސްޓަތައް ފެންނާނީ އެފަރާތަކަށް އެކަނި. ޑިޕެންޑެންޓަކަށް ކާޑަކަށް އެދިފައިވާކަން އެ ޑިޕެންޑެންޓު ސީދާ ލޮގިންކުރުމުން ފެންނާނެ. މި ޕޯޓަލް އިން އެޕްލައިކުރުމުން އެކަން ޑީއެންއާރުގެ އެތެރޭގެ ނިޒާމަށް ފެންނާނެ.
އެޕްލިކޭޝަން ތަކުގެ ހާލަތުތައް ޑޭޝްބޯޑުން ފެންނާން ހުންނާނެ. އަދި ޑީއެންއާރުން ބޭނުންވާ ހާލަތްތަކުގައި ފޮނުވާ މެސެޖްތައް އެޕްލިކޭޝަންގެ ތަފްސީލުން ފެންނާނެ. އެޕްލިކޭޝަން އާއި ގުޅޭގޮތުން ކޮމެންޓެއް ކުރަން ބޭނުންނަމަ ތި ފަރާތަށްވެސް ކޮމެންޓު ކުރެވޭނެ އަދި އެމުއާމަލާތް ޑީއެންއާރަށް ފެންނާނެ.
ޑިޕްންޑެންޓެއްގެ ނަމުގައި ކާޑަށް އެދެވޭނީ ވެރިފައިކުރުމުންނެވެ. ވެރިފައި ކުރުމަށް އެފަރާތުގެ އެންމެ ފަހުގެ ސީރިއަލްނަމްބަރ ބޭނުންވާނެ.